Saturday, October 31
ޓްރަމްޕްގެ މަޝްވަރާގެ ދަޢުވަތަށް މަރުޙަބާކިޔާ ކަމަށް ރަޝިޔާއިން ބުނެފި

އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް, މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ބުނުމާ ގުޅިގެން, ރަޝިޔާއިން އެކަމަށް މަރުޙަބާ ކިޔާ ކަމަށް ބުނެފިއެވެ.

އަދި ރަޝިޔާގެ ރައީސް ވްލަޑިމީރު ޕޫޓިން ވެސް ޓްރަމްޕާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ރަޝިޔާގެ ނޫސްތަކުން ވަނީ ޔަގީންކޮށްދީފައެވެ.

ޖަނަވަރީ 20 ގައި ޓްރަމްޕްގެ ހުވާކުރެއްވުމަށް ފަހު، ޕޫޓިން އާއެކު ބައްދަލުވުމަކަށް ކުރިއެރުން ލިބިދާނެ ކަމަށް ޓްރަމްޕް ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާއާއި ޕޫޓިން އާ ދެމެދު ބައްދަލުވުމެއް ހަމަޖެހެމުންދާ ކަމަށެވެ. ނަމަވެސް މި ބައްދަލުވުން ބޭއްވޭނެ ވަކި ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

އިންތިޚާބީ ކެމްޕޭނުގައި ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައި ވަނީ ރަޝިޔާ-ޔުކްރެއިން ގެ ހަނގުރާމަ 24 ގަޑިއިރުގެ ތެރޭގައި އެނާ އަށް ނިންމާލެވިދާނެ ކަމަށެވެ.

ޓްރަމްޕަށް ލަފާދޭ ފަރާތްތަކުން މި ހަނގުރާމަ ނިންމާލުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި ޔޫކްރެއިންގެ ބޮޑު ބައެއް ރަޝިޔާއަށް ދޫކޮށްލުން ހިމެނެއެވެ. ޔޫކްރެއިން އިން ބުނެފައި ވަނީ މިއީ ހަނގުރާމަ ބަލިވެ ދޫކޮށްލުން ފަދަ ކަމެއް ކަމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު