Saturday, October 31
ދިއްލީގައި ދުންފިނީގެ ސަބަބުން ދަތުރުކުރުމަށް ދަތިވެއްޖެ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޯ ދުންފިންޏާއެކު އަނދިރިވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ގިނަ ދަތިތަކާ ކުރިމަތިވެއްޖެއެވެ.

ހުކުރު ދުވަހު ފަތިހުގެ ވަގުތުތަކުގައި ގިނަ ސަރަޙައްދުތަކުގައި އެއްވެސް އެއްޗެއް ނުފެންނަ ވަރަށް އަނދިރިވެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ވައިގެ ދަތުރުތަކާއި، ރޭލު އަދި މަގުމަތީގެ ދަތުރުކުރުމަށް ވަނީ ހުރަސްއެޅިފައެވެ.

ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން 150 އަށްވުރެ ގިނަ ފްލައިޓް ވަނީ ލަސްކުރެވިފައެވެ. އަދި 26 ރޭލު ދަތުރުތައް ވެސް ޝެޑިއުލްއާއި އެއްގޮތަށް ދަތުރުކުރުމަށް ވަނީ ހުރަސްތަކާއި ކުރިމަތިވެފައެވެ.

މިއީ ކޮންމެ ފިނި މޫސުމެއްގައި ވެސް އުތުރު އިންޑިއާގައި ތަކުރާރުވަމުންދާ މައްސަލައެކެވެ. ޚާއްސަކޮށް ޑިސެމްބަރު އަދި ޖަނަވަރީގައި ދުންފިނީގެ އަސަރު ގަދަވެ ވައި ތަޣައްޔަރުވުމުގެ ސަބަބު ނޭވާލުމަށް ނުރައްކާތެރިވާ މިންވަރަށް ވައިގެ ނުސާފުވާކަމަށްވެއެވެ.

ދިއްލީގެ ގިނަ ސަރަޙައްދުތަކުގައި ވައިގެ ފެންވަރު ދައްކުވައިދޭ އިންޑެކްސް ވަނީ 40 އަށްވުރެ މަތިވެފައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ރައްކާތެރި މިންވަރަށްވުރެ 25 ގުނަ މަތީ އަދަދެކެވެ.

އިންޑިއާގެ މޫސުމާބެހޭ ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި ހަފްތާ ބަންދުގައި ވާރޭވެހިއްޖެނަމަ، ދުންފިނީގެ އަސަރު ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު