Saturday, October 31
ޕަބްލިކް ވަރކްސް މަސައްކަތް ބައްލަވަން މިނިސްޓަރ އައްޑޫ ސިޓީއަަށް

މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް އައްޑޫ ސިޓީ އަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ގެ މިދަތުރުފުޅުގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ޕަބްލިކް ވަރކްސް މަސައްކަތް ބައްލަވާނެ ކަމަށް ސިޓީސް މިނިސްޓްރީން މައުލޫމާތުދެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ދާދިފަހުން ވަނީ އައްޑޫ ލިންކް ރޯޑް ގެ ހާލަތު ކަންބޮޑުވާމިންވަރަށް ގޯސްވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ލިންކް ރޯޑް މަރާމާތު ކުރުމުގެ އެއްވެސް ޕްލޭނަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ނުވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސިޓީ ކައުންސިލުން ކިތައްމެ ބޭނުންވިޔަސް  ކައުންސިލަށް ހައްލުނުކުރެވޭނެ ކަންކަމުގެ ތެރޭގައި އައްޑޫގެ ނެނާއި ނަރުދަމާ ކަރަންޓް އަދި ލިންކް  ރޯޑް މަރާމާތުކުރުމުގެ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

އެހެން ކަމުން މިނިސްޓަރ ގެ މިދަތުރުގައި ލިންކް ރޯޑް އަދި އެހެނިހެން ޕަބްލިކް ވޯރކްސް ގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ބެލެވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު