Saturday, October 31
ވަޒީރު ޠާރިޤް އަބޫދާބީއަށް ފުރާވަޑައިގެންފި

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީ އަށް ފުރާވަޑައިގަންނަވައިފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ވަޒީރު ޠާރިޤްގެ މި ދަތުރުފުޅަކީ 15 ވަނަ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އައިރީނާގެ އެސެމްބްލީގެ 15 ވަނަ ސެޝަން އޮންނާނީ މި ޖަނަވަރީ މަހުގެ 12 އިން 13 އަށެވެ. އަދި މި ސެޝަނާ ގުޅޭ އެހެނިހެން ބައްދަލުވުންތައް މާދަމާވެސް ކުރިއަށްދާނެއެވެ.

މި ބައްދަލުވުމުގައި އައިރީނާގެ ކޮންމެ މެންބަރު ޤައުމަކުން އެއް ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. 2024 ވަނަ އަހަރު ނިމުނުއިރު އައިރީނާގެ މެންބަރުންގެ ތެރޭގައި 170 ޤައުމެއް ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު