Saturday, October 31
ވަޒީރު ޑރ. ޝަހީމް ޕާކިސްތާނަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ޕާކިސްތާނަށް ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުކީ މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެ ދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތަޢުލީމު ދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ކޮންފަރެންސްގެ ޢިލްމުވެރިންގެ ސެޝަންގައި ވަޒީރު ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވަޒީރު ޑރ. ޝަހީމަކީ މުސްލިމް ވޯލްޑު ލީގުގެ ސުޕްރީމް ކައުންސިލްގެ މެންބަރެކެވެ.

ވަޒީރު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ 2 ދުވަހުގެ ދަތުރުފުޅެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު