Saturday, October 31
މުއްދަތު ހަމަވެފައިވާ އުޅަނދުތައް ރަޖިސްޓްރީކުރަން އެއް ހަފްތާ

މިދިޔަ އަހަރުގެ ނިޔަލަށް ރަޖިސްޓްރީގެ މުއްދަތު ހަމަވެފައިވާ ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރަން މުއްދަތެއް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދީފިއެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނީ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން އެ އުޅަނދެއް އުފެއްދި އަހަރުން ފެށިގެން ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އުމުރު 2024 ވަނަ އަހަރުގެ ތެރޭގައި ހަމަވެފައިވާ، އެހެންނަމަވެސް އެކިސަބަބުތަކާހުރެ ރަޖިސްޓަރީ ނުކުރެވިފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް އަންނަ ހަފްތާގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ އީޕޯޓަލް މެދުވެރިކޮށް ޖެނުއަރީ 15 ގެ ކުރިން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައެވެ.

އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި، އިންޖީނުލީ އެއްގަމު އުޅަނދުތައް ރަޖިސްޓްރީކޮށްދެވޭނީ އެ އުޅަނދެއް އުފެއްދި އަހަރުން ފެށިގެން ވަކި މުއްދަތެއް ހަމަވެފައި ނުވާ ނަމަ އެވެ. އެގޮތުން އެކި ބާވަތުގެ ވެހިކަލްތަކަށް އެކި މުއްދަތު އެ ގަވާއިދުގައި ކަނޑައަޅާފައިވާއިރު، އެންމެ ގިނަވެގެން ލިބޭ މުއްދަތަކީ 15 އަހަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު