Saturday, October 31
އެއްވެސް ގައިދީއެއްގެ އަސާސީ އިނާޔަތެއް އުނިކޮށްފައި ނުވާނެ: ކަރެކްޝަންސް

އެއްވެސް ގައިދީއެއްގެ އަސާސީ އިނާޔަތެއް އުނިކޮށްފައި ނުވާނެ ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން ބުނީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައެއް އުޞޫލުތަކަށް ބަދަލުގެނެވުނު ނަމަވެސް، އެ ސަރވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދު މީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ ޢިނާޔަތެއް، ޚިދުމަތެއް އުނިކުރެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، މާފުށީ ޖަލުގައި ތިބި ބައެއް ބަންދުމީހުން އެ ސަރވިސްއިން ފޯރުކޮށްދޭ ކާބޯތަކެތި ބައެއް ފަހަރު ނުނެގި ނަމަވެސް، ވިޔަފާރި އުޞޫލުން ގަނެފައިވާ ތަކެތި ބޭނުން ކުރަމުންދާ ކަމަށާއި އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ބަންދު މީހެއްގެ ސިއްޙީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ވަކި ޚާއްސަ ފަރުވާ ދެވިފައިވާ ނުވާ ކަމަށްވެސް އެ ސަރވިސްއިން ބުންޏެވެ.

ކަރެކްޝަންސް އިން މިހެން ބުނެފައިވަނީ މާފުށީ ޖަލުގައި ގައިދީންތަކެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ، އެ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް ކަރެކްޝަންސް އިން ޢަމަލުކުރާ ކަމަށް ބުނެ ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު