Saturday, October 31
މަސައްކަތްތެރިކަމުގެ ދާއިރާތަކުން މުޅިން ހިލޭ ތަމްރީނުވުމުގެ ފުރުޞަތުތަކެއް!

މޯލްޑިވިސް ޕޮލޓެކްނިކްގެ އެކި ކޯސްތަކުގައި މުޅިން ހިލޭ ބައިވެރިވެ، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ތަމްރީނުވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން "ސަރުކާރު" ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި ޕޮލިޓެކްނިކްގައި ކުރިއަށްގެންދާ މިދަފަ ހުރިހާ ކޯސްތަކަކީ އެއްވެސް ފީއަކާއި ނުލައި، މުޅިން ހިލޭ ކުރިއަށްގެންދާ ކޯސްތަކެކެވެ. އެގޮތުން، ވަޑާންކުރުން، ކަރަންޓު މަސައްކަތް، ދަނޑުވެރިކަން، ކޭކް ޑެކޮރޭޝަން، ފެޝަން ޑިޒައިނިންގ ފަދަ ދިވެހިރާއްޖެއަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ޕޮލިޓެކްނިކުން ދަނީ ސެޓްފިކެޓް ލެވެލް 3 ކުން ފެށިގެން ޑިޕްލޮމާއާއި ހަމައަށް އެކި ކޯސްތަށް ކުރިއަށްގެންދަމުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ޕޮލިޓެކްނިކްގެ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އިންޓޭކްގެ ކޯސްތަކަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި ކޯސްތަކާއި ގުޅޭ އިތުރު މަޢުލުމާތު ހޯއްދެވުމަށް ޕޮލިޓެކްނިކްގެ ވެބަސައިޓް http://www.polytechnic.edu.mv/ މެދުވެރިކޮށް އަދި 3000930 އަށް ގުޅައިގެން ލިބޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު