Saturday, October 31
މަޖިލިސް ހުޅުވުން ފެބުރުވަރީ 6 ގައި

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ އަންނަ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މިގޮތުން ފެބުރުވަރީ 6 ވަނަ ދުވަހުގެ ހެނދުނު 9:00 ގައި މަޖިލިސް ހުޅުވާ ޖަލްސާ ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

މި ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވައި އިތުރު ކަމެއް އެޖެންޑާއެއް ނުކުރާނެއެވެ.

ރިޔާސީ ބަޔާނަކީ ރާއްޖޭގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ޖެހޭ ބަޔާނެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު