Saturday, October 31
17 ރަށެއްގެ އަންހެނުންގެ ކޮމިޓީތަކަށް ޕީއެންސީގެ މެންބަރުން އިންތިޚާބުވެއްޖެ

ސަތާރަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) މެންބަރުން އިންތިޚާބުވެއްޖެއެވެ.

28 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި، އަންނަ ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމި ބައި-އިލެކްޝަންތަކަށް ކުރިމަތިލުމަށް ހުޅުވައިލީ މިދިޔަ ޑިސެންބަރު 22 ގައެވެ. ކުރިމަތިލުމަށް ދިން މުއްދަތު ހަމަވީ މިދިޔަ ހޯމަ ދުވަހުއެވެ.

އެގޮތުން ހުޅުވައިލި ފުރުސަތުގައި 17 ރަށެއްގެ ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ބުނެފައެވެ.

މެންބަރުން އިންތިޚާބުކުރަންޖެހޭ ކޮމިޓީތަކާއި، އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދު:

ހދ. ނައިވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ށ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ށ. ނޫމަރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ށ. ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ނ. ކުޑަފަރި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ރ. ހުޅުދުއްފާރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 2

ރ. އުނގޫފާރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ބ. ހިތާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ބ. ފެހެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ބ. ދަރަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 2

ކ. ހުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ވ. ފެލިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 2

މ. މުލި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

މ. މަޑުއްވަރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ފ. ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 2

ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ލ. އިސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ގއ. ގެމަނަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

ގދ. ރަތަފަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ 1

މީގެތެރެއިން ބުރުނީއާއި، ގޮއިދުއާއި، ހަންޏާމީދުއާއި، ހިރިމަރަދުއާއި، ހުޅުދެއްޔާއި، އިންނަމާދުއާއި، ކަނޑުހުޅުދުއާއި، ގަމާއި، މިލަދުއާއި، ފޮއްދުއާއި، ލަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ފިޔަވައި، ދެން ހުރި ކޮމިޓީތަކަށް ކުރިމަތިލީ އިންތިޚާބު ކުރަންޖެހޭ އަދަދަށެވެ.

އެހެންވެ އީސީއިން ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދުގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ 17 ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލި ފަރާތްތައް އިންތިޚާބުވެއްޖެކަން އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު