Saturday, October 31
ހދ.އަތޮޅު ރައީސާއި އިތުރު 3 ކައުންސިލެއްގެ 3 ގޮނޑި ޕީއެންސީއަށް

ހދ. އަތޮޅު ކައުންސިލްގެ ރައީސާއި، އިތުރު 3 ކައުންސިލެއްގެ މެންބަރުކަމުގެ 3 ގޮނޑި، ޕީއެންސީއަށް ލިބިއްްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނުތަކެއްގައި ބުނީ ފެބްރުވަރީ 08 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކުރި ހދ.އަތޮޅު ކައުންސިލްގެ ރައީސާއި، ހދ.މަކުނުދޫ ކައުންސިލްގެ މެންބަރާއި، ރ.ފައިނު ކައުންސިލްގެ ރައީސާއި، ބިލެތްދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތުގައި އެ މަގާމުތަކަށް ކުރިމަތިލައިފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ކަމަށެވެ.

މި މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވައިލީ މިދިޔަ ޑިސެންބަރު 22 ވީ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން، މިދިޔަ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

އެގޮތުން މި މަގާމުތަކަށް ކުރިމަތިލެއްވީ ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލެއްވި ބޭފުޅުން އެކަންޏެވެ.

ކުރިމަތިލެއްވި ބޭފުޅުން:

ހދ. އަތޮޅު ކައުންސިލްގެ ރައީސް - މުޙައްމަދު ވަޙީދު، ގުރަހަލި / ހދ. ހިރިމަރަދޫ

ރ. ފައިނު ކައުންސިލްގެ ރައީސް - އަޙްމަދު ރިޝްފާނު، މީނާޒް / ރ. ފައިނު

ހދ. މަކުނުދޫ ކައުންސިލްގެ މެންބަރު - ނަޛްރާނާ ޢަލީ ހުދުވިލާ / ހދ. މަކުނުދޫ

ފ. ބިލެތްދޫ ކައުންސިލް މެންބަރު - މޫސާ މުޢީޒު، ޖަންބުމާގެ / ފ. ބިލެތްދޫ

އީސީއިން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނުގެ 24 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަތީގައި ބަޔާންކޮަށްފައިވާ ބޭފުޅުން އެ މަގާމުތަކަށް އިންތިޚާބުވެއްޖެ ކަމަށް ކަނޑައަަޅައިފައެވެ.

ފެބްރުވަރީ 08 ވާ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކުރި ނ.ލަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު އީސީއިން މިއަދު ވަނީ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކޮށްފައެވެ.

މި ބައި-އިލެކްޝަނުގައި ވާދަކުރައްވާނީ އެމްޑީޕީގެ ފަރާތުން ފާޠިމަތު ރިޔާޝާ، ހިތްފަސޭހަގެ / ނ. ލަންދޫ (ކެންޑިޑޭޓު ނަންބަރު 1) އާއި، ޕީއެންސީގެ ފަރާތުން އާޠިފާ މޫސާ، ސާނާ / ނ. ލަންދޫ (ކެންޑިޑޭޓު ނަންބަރު 2) އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު