Saturday, November 14
މާދަމާ ހެނދުނު ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރަންޖެހޭތީ މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްކެނޑިދާނެ ކަމަށް ސްޓޭލްކޯ އިން ބުނެފިއެވެ. ސްޓެލްކޯ އިން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް، މާދަމާ ހެނދުނު 8 ން 10 އަކާއި ދެމެދު 1 ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ. މިގަޑީގައި މާލޭގެ އިތުރުން ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުންވެސް ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓޭލްކޯ އިން މައުލޫމާތުދެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ޚިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ފުރިހަމަވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު