Saturday, November 14
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހުވަދުއަތޮޅަށް އޮރެންޖު އެލާޓު!
ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް, މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ގއ އަދި ގދ އަށް އޮރެންޖު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ވަނީ މިއަދުގެ 12:50 އިން ފެށިގެން 15:00 އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް އޮރެންޖު ސަމާލު ނެރެފައެވެ. މެޓް އޮފީހުން އޮރެންޖް ސަމާލު މި ނެރުނީ  މިއަދުގެ 12:30 އިން ފެށިގެން 15:00 އަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު އެ އަތޮޅުތަކަށް ނެރުނުތާ ކުޑައިރުކޮޅެއް ފަހުންނެވެ. އެ އޮފީހުން ކުރިއަށް އޮތް 24 ގަޑީރު މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ދެކުނުގެ ރައްތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު