Saturday, November 14
ދެއްވަދޫގައި އައުޓްޑޯ ޖިމް އެޅޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫގައި އައުޓްޑޯ ޖިމް އެޅޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ މިއަދު ހެނދުނު ގއ ދެއްވަދޫ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވުމުންނެވެ.

ދެއްވަދޫ ކައުންސިލުން ވަނީ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތް މިހާރު ހުއްޓިފައިވާކަން ފާހަގަކުރައްވައި އެކަމަށް ޙައްލެއް ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒަށް ޒަމާނީ ވަޞީލަތްތައް އިތުރުކޮށް، ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ބިމުގެ ދަތިކަމަށް ޙައްލު ބޭނުންވާކަމަށާއި އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އެރަށު އަންހެނުންގެ ތަތައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުން ވަނީ ވޮލީކޯޓެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާމެންދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާއި ޙިއްޞާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު