Saturday, November 14
އިންޑިއާއިން 4 މިލިއަން ޑޮލަރުގެ ގެ ތަކެތި އެމްއެންޑީއެފް އަށް ހަދިޔާކޮށްފި
އިންޑިއާއިން ދިވެހިރާއްޖޭގެ ދިފާޢީ ގުޅުން ހަރުދަނާ ކުރުމަށް ހަތަރު މިލިއަން ޑޮލަރުގެ އަގުހުރި ސާމާނު ހަދިޔާކޮށްފިއެވެ. ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު ވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާ އަށް ވަޑައިގެންފައެވެ. މިދަތުރުގައި އިއްޔެ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އާއި މިނިސްޓަރ ޢައްސާން ވަނީ ބައްދަލުކުރައްވާފައެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ "ވިއޯން" އިން ބުނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގްއާއި މިނިސްޓަރ ބައްދަލުކުރެއްވުމަށް ފަހު އޭގެ ހަވާސާގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރީ އެމްއެންޑީއެފަށް ބޭނުންވާ ވެހިކަލްތަކާއި އަދި އެމްއެންޑީއެފްގެ ކަނޑުގެ އުޅަނދުތަކަށް ބޭނުންވާ ސަމާނު ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި މި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ދިފާއީ ގުޅުން ވަރުގަދަ ކުރުމާއި ދިފާއީ އާލާތްތައް ފޯރުކޮށްދިނުމާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާބިލްކަން އިތުރުކުރުމުގެ މަޝްވަރާހިމެނެއެވެ. މީގެ އިތުރުން އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ އުތުރު ތިލަފަޅުގެ ޕްރޮޖެކްޓްގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކުރެވުނު ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ މެދުގައި އޮތް ގުޅުމަށް ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާކަމަށް ރަޖްނާތު ވަނީ މި ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު