Saturday, October 31
ޢުމްރާވެރިންނަށް އިހުމާލުވި ގްރޫޕްގެ ވެރިން ތަޙުޤީޤުކޮށް ފިޔަވަޅު އަޅާނަން: ޑރ. ޝަހީމް
އުމްރާވެރިންނާ މެދު އިހްމާލުވި ހިޖުރަ ގްރޫޕްގެވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅުއްވާނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހިޖްރަ ނަމަކަށް ކިޔާ ޖަމާއަތެއްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް މައްކާއަށް ދިޔަ ދިވެހިންތަކެއް ހާލުގައިޖެހިފައިވާތީ އެމީހުން އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަނީ ފަށައިފައެވެ. ސަޢޫދީ ޢަރަބިއްޔާގައި ޢުމްރާއަށް ގޮސް ތާށިވެފައި ތިބި ޢުމްރާވެރިންގެ ތެރޭގައި 24 މީހަކު ހިމެނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. ވަޒީރު ޑރ. ޝަހީމް ވަނީ މިރޭ އެ ފަރާތްތަކަށް ގުޅައި ވާހަކަ ދައްކައި މިހާރުގެ ޙާލަތު ބައްލަވައިފައެވެ. ޑރ. ޝަހީމް ވިދާޅުވީ، ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ ނުހުންނަވާނެ ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށާއި ދިމާވާ ކަންކަން ހައްލުކުރުމަށް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު