Saturday, October 31
ހާލުގައި ޖެހުނު ޢުމްރާވެރިންނަށް ޙައްޖު ކޯޕަރޭޝަނުން އެހީވަނީ
ހިޖްރަ ނަމަކަށް ކިޔާ ޖަމާއަތެއްގެ ހަވާލުގައި އުމްރާގެ އަޅުކަމަށް މައްކާއަށް ދިޔަ ދިވެހިންތަކެއް ހާލުގައިޖެހިފައިވާތީ އެމީހުން އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ. ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަކީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހާލުގައި ޖެހުނު ޢުމްރާވެރިން އަނބުރާ ރާއްޖެ ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިރުޝާދުގެ ދަށުން އެ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށެވެ. ސަޢޫދީ ޢަރަބިއްޔާގައި ޢުމްރާއަށް ގޮސް ތާށިވެފައި ތިބި ޢުމްރާވެރިންގެ ތެރޭގައި 24 މީހަކު ހިމެނެއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. ވަޒީރު ޑރ. ޝަހީމް ވަނީ މިރޭ އެ ފަރާތްތަކަށް ގުޅައި ވާހަކަ ދައްކައި މިހާރުގެ ޙާލަތު ބައްލަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު