Monday, November 9
ރާއްޖެއާއި އިންޑިއާ އާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
ރާއްޖޭގެ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން، އިންޑިއާގެ ދިފާޢީ ވަޒީރު، ޝްރީ ރާޖްނާތު ސިންގް އާ ބައްދަލުކުރައްވައިފިއެވެ. މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުކުރައްވަނީ ދިފާޢީ ވަޒީރު ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުވުމެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ދިފާޢީ ވަޒީރު އިންޑިއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ދިފާޢީ ވަޒީރު އިންޑިއާއަށް ވަޑައިގެންފައިވާއިރު، ދާދި ފަހުން ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލްވެސް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު