Saturday, October 31
ދަރިވަރުންތަކެއް ގްރޫމްކުރި ކަމަށް ބުނާ ޓީޗަރު އަލުން ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ދަރިވަރުންތަކެއް ގްރޫމްކޮށްގެން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލި ޓީޗަރު އަލުން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ. ހައިކޯޓުން މި އަމުރު ނެރެފައިވަނީ މެދުރާއްޖެތެރޭގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލުމަށް ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމާ ގުޅިގެންނެވެ.

ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަދައްކައި ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވީ މިދިޔަ އޮކްޓޫބަރުގައެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮކްޓޫބަރުގެ 17 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އެ މަހުގެ 27 ވަނަ ދުވަހު ހައްޔަރުކުރީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ އަމުރުކުރީ 20 ދުވަހަށް ބަންދުކުރުމަށެވެ. ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުުރުމަށެވެ. އޭގެ ފަހުން މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު އޭނާގެ ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ވަނީ އޭނާ ބަންދުން ދޫކޮށްލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު