Saturday, October 31
ޑިފެންސް މިނިސްޓަރު ގައްސާން އިންޑިއާއަށް ވަޑައިގެންފި

ރަސްމީ ދަތުރެއްގައި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އިންޑިއާއަށް ވަޑައިގަންނަވައިފި އެވެ.

ގައްސާނަށް އިންޑިއާއިން ވަނީ ހޫނު މަރުހާބައެއް ދަންނަވާފަ އެވެ. އިންޑިއާގެ ވެރިރަށް ދިއްލީއިން ގައްސާން އަށް މަރުހަބާ ދެންނެވީ އެ ގައުމުގެ ޑިފެންސް މިނިސްޓަރު ރަޖްނާތް ސިންގްހު އެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ގައްސާން އެ ގަައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މިނިސްޓަރު އިންޑިއާ އަށް ވަޑައިގެންފައި މި ވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބީޓް ދުއްވުމާއި ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި އިންޑިއާ ސިފައިން މި ސަރުކާރުން މިދިޔަ އަހަރު ފޮނުވާލާފައި ވަނިކޮށެވެ. އަދި އޭގެ ބަދަލުގައި މިހާރު ރާއްޖޭގައި ތިބީ އިންޑިއާގެ މަދަނީންތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ގައްސާން ތިން ދުވަހަށް އިންޑިއާ އަށް ކުރައްވާ މި ދަތުރުގައި އެ ގައުމުގެ ޑިފެންސް މިނިސްޓްރު ރަޖްނާތުއާ މިއަދު ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން: ތުއްތުބެ - 2025-01-08T21:15:44

    ގައްސާން ކަމެއް ޣައްސާން ކަމެއް އޮޅުމެއް ނުފިލި.