Saturday, October 31
ރަމަޟާން މަހުގެ ކުރިން ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ހައްލުކުރަން ސަރުކާރުން އަމާޒު ހިފައިފި

ކުރިއަށް އޮތް ރަމަޟާން މަހަށް ރާއްޖޭގެ ހުރިހާ ރަށެއްގައި، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.

މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅުގައި ގދ. ފިޔޯރީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން،  އިތުރު ޖަނަރޭޓަރުތައް ގެނެސް ރަށްރަށުގައި ކަރަންޓަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ މިކަން ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ، ފެނަކަ އަދި އެހެނިހެން ކުންފުނިތައް ގުޅިގެން ކަރަންޓް ދިނުމަށް އެއްވެސް މައްސަލައެއް ހުރި ރަށެއްވިއްޔާ އެރަށަކަށް ބޭނުންވާ ޖަނަރޭޓަރުތައް ގެނެސް އިންސްޓޯލް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

" ކުރިއަށް އޮތް ރޯދަމަސް އަންނަންވާއިރަށް އަޅުގަނޑުމެން މިއަމާޒު ކުރަނީ މުޅި ރާއްޖޭގައި،  އެންމެ ރަށެއްވެސް، މައްސަލައެއް އޮތް ރަށެއްވިއްޔާ ހިމެނޭ ގޮތަށް އެއްވެސް ރަށެއް ދޫކޮށްނުލާ ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަ ހައްލުކުރުމަށް ޖަނަރޭޓަރ ގެނެސް އިންސްޓޯލް ކުރުމަށް" ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީވެސް ޗެލެންޖަކަށް ވާނެ ކަމެއް ނަމަވެސް މި މަސައްކަތް ފެށިފައިވާ ކަަމަށެވެ.

ރައީސް ވިދާޅުވީ އެއްވެސް ރަށެއްގައި ރަމަޟާން މަހު ކަންބޮޑުވާން ނުޖެހޭ މިންވަރަށް ކަރަންޓްގެ މައްސަލަ ހައްލުކުރުމަކީ ސައުކާރުން އަމާޒުހިފާފައިވާ ކަމަށެވެ.

ރައީސް ވަނީ ރަނގަޅަށް މެއިންޓެއިން ނުކުރެވެމުގެ ސަބަބުން ފެނަކައިގެ އިންޖީނުގެތަކުގެ ޖަނަރޭޓަރުތައް ހަލާކުވެފައިވާކަން ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު