Saturday, October 31
އެޑިކްޝަން ޕްރޮފެޝަނަލްސް ތަމްރީން ކުރުމަށް މަޝްވަރާކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމާއި ދެވިހިފުމުގެ ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް ފަރުވާގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ފަންނީ މުވައްޒަފުން އެޑިކްޝަން ޕްރޮފެޝަނަލްސް ތަމްރީން ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ.) އިން މައުލޫމާތު ދިން ގޮތުގައި އެ އެޖެންސީން ދެމުން ގެންދާ ފަރުވާގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ނުވަތަ އެޑިކްޝަން ޕްރޮފެޝަނަލްސް ތަމްރީން ކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތު، އަދި އެލައިޑް ހެލްތު ކައުންސިލްގެ އިސްވެރިންނާއި އެކު ވަނީ މަޝްވަރާކޮށްފައެވެ.

މި މަޝްވަރާގެ މަޤްޞަދަކީ ކައުންސެލަރުން، ޚާއްސަކޮށް މުޖުތަމަޢުގައި ބައިތިއްބައިގެން ދެވޭ ފަރުވާގެ ޚިދުމަތަށް ބޭނުންވާ ކައުންސެލަރުންގެ ދަތިކަން ޙައްލުކުރުން ކަމަށް އެންޑީއޭ އިން މައުލޫމާތުދެއެވެ.

އެންޑީއޭއިން ދަނީ އަތޮޅުތެރޭގެ އިތުރު ރަށްތަކަށް ފަރުވާގެ ޚިދުމަތް ފުޅާކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު