Saturday, October 31
މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުގެ ޖާގަ ދަތި: އެންޑީއޭ

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު މަތި ނަމަވެސް، ފަރުވާދޭ މަރުކަޒުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.

ލުބުނާ ވިދާޅުވީ މިހާރު ހުރި ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާދެވެނީ 205 މީހަކަށް ކަމަށެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދުތަކާއި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދަށް ބަލައިލާއިރު ޖާގަ ދަތިކަމަށެވެ.

"މުޅި ރިހެބިލިޓޭޝަން ސެންޓަރުގެ ކެޕޭސިޓީއަކީ 205 އެކަމަކު މަސްތުވާތަކެތި ނަގާ މީހުންގެ އަދަދުތަކާއި އަދި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުތަކަށް ބަލައިލާއިރު ޖާގައިގެ ދަތިކަންވަރަށް ބޮޑަށް ދިމާވޭ. ރީހެބް ސެންޓަރަކީ ވަރަށް ކުރިން ހަދާފައިވާ އިމާރާތަކަށް ވެފައި ފާއިތުވި 10 ނޫނީ 15 އަހަރު ވެސް ސްޓްރަކްޗާ އަށް ބަދަލެއް ގެނެސްފައެއް ނެތް" ލުބުނާ ވިދާޅުވިއެވެ.

ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް، ރީހެބް ސެންޓަރުގެ ސްޓްރަކްޗަރ އަށް ބަދަލުގެނެސް ޖާގަ އިތުރު ކޮށްގެން ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތަށް މިއަހަރު ބޮޑު އިސްކަމެއް ދޭނެ ކަމަށް ލުބުނާ ވިދާޅުވިއެވެ.

މިހާރު ހުރި ރިހެބިލިޓޭޝަން ސެންޓަރު ހެދީ 1997 ވަނަ އަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު