Saturday, October 31
އައިލޭންޑް އޭވިއޭޝަން ދަރަނިވެރިވީ ކުރީ ސަރުކާރަށް މެނޭޖް ނުކުރެވިގެން: މިނިސްޓަރ އަމީން

އައިލެންޑް އޭވިއޭޝަން މެނޭޖް ނުކުރެވޭ ބައެއްގެ އަތްދަށުވުމުގެ ސަބަނުން އެތައް ބިލިއަން ރުފިޔާއަކުން ކުންފުނި ދަރާފައި އޮތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވައިޑް-ބޮޑީ އެއަރ ކްރާފްޓް ގެ އޮޕަރޭޝަންސް އިފްތިތާޙް ކުރުމަށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ރަނގަޅު މިސްރާބުގައި ކުރިއަރަމުންއައި އައިލެންޑް އޭވިއޭޝަން، މޭނޭޖް ނުކުރެވޭ ބައެއްގެ އަތްދަށަށް ދިއުމުގެ ނަތީޖާއަކީ ކުންފުނީގެ އެސެޓްތައް ނުބެލެހެއްޓުމާއި ކުންފުނީގެ މުހިންމު ވިޔަފާރިތަކެއް ގެއްލުން ކަމަށެވެ.

އައިލެންޑް އޭވިއޭޝަންއަކީ ހަތަރު މިލިއަން ރުފިޔާގެ ކެޕިޓަލަކުން އުފެއްދި ދައުލަތުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ކަން ފާހަގަކޮށް 2018 ވަނަ އަހަރު އެ ކުންފުނީގެ އެސެޓް ވެލިއު އަކީ 2.5 ބިލިއަން ރުފިޔާ ކަމަށާއި ދެ ބިލިއަން ރުފިޔާގެ ރެވެނިއު އާއި، 89 މިލިއަން ރުފިޔާގެ ނެޓް ޕްރޮފިޓް އެ ކުންފުންޏަށް ލިބިފައިވާ ކަމަށް މިނިސްޓަރ  ވިދާޅުވިއެވެ.

''ކުންފުނީގައި އޮތް އެންމެ ރަނގަޅު އެއަރބަސް 2022 ވަނަ އަހަރު ގެނައި ބޯޓު އޮތީ ދޫކޮށްލާފައި. ބޭނުންކުރަމުންދިޔަ ޑޭޝް 1 މަރުކޭޝްގެ ބޯޓުތަކުގެ ތެރެއިން ސްޕެއަރ ނަގަމުން ގޮސް، 4 ބޯތު އޮތީ ބޭނުންނުކުރެވޭ ހާލަތުގައި. މިލިޔަނުން ދޫކޮށްފައިހުރި ދަރަނިތައް ހޯދޭތޯ އަޅުގަނޑުމެން ބަލަމުންމިދަނީ'' އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުންފުނި އުފެދުނީއްސުރެ ދައުލަތަށް ޑިވިޑެންޓް ދައްކަމުން ގިނަ މަތިންދާބޯޓެއް ހޯދާފައިވާ ކަމަށެވެ.

ޕީޕީއެމް ސަރުކާރު ނިމުނު އިރު ކުންފުނި ކުރިއަރާފައި ވަނީ ރަނގަޅު މިސްރާބަކަށް ނަމަވެސް ހަގީގަތަކީ އެމްޑީޕީ ސަރުކާރު ނިމުނުއިރު އެންމެ ފަސް އަހަރުގެ ތެރޭގައި ކުންފުނި އޮތީ ދެ ބިލިއަނަށްވުރެ ބޮޑު ދަރަނީގައި ކަމީ ހަގީގަތް ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ އެއަރލައިންގެ ވިޔަފާރި އަކީ ރިސްކް ބޮޑު ވިޔަފާރިއެއް ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ އެހީތެރިކަމާއި އެކު ޤައުމުތަކުގައި އެއަރލައިންގެ ވިޔަފާރިތައް ފުޅާކުރެވިފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އެއަލައިން ގެ އޮޕަރޭޝަންތަކުން މާބޮޑު ފައިދާއެއް ނުވި ނަމަވެސް ވިސްނުން ބައްޓަންކުރަންވީ އެކަމުން ގައުމަށް ލިބޭ އިގްތިޞާދީ މަންފާއާއި އެހެނިހެން ގޮތްގޮތުން ގައުމަށް ކުރާނެ ފައިދާއަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަމާޒަކީ ވިޔަފާރި ވަރުގަދަކޮށް ދަތުރުކުރާ މަންޒިލްތައް އިތުރުކޮށް، އައު ފްލައިޓްގެ އޮޕަރެޝަންތައް ފުޅާކުރުމެވެ. މި ގެނެވުނު އެއާކްރާފްޓާ އެކު ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރުކޮށް އަންނަ ޓޫރިސްޓުން އިތުރުވެ ރިސޯޓް ތަކުގެ އޮކިއުޕެންސީ އާއި އެތެރޭގެ އުދުހުންތައް އިތުރުވެގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު