Saturday, October 31
އެމްއައިބީގެ ޚިދުމަތްތަކަށް މިރޭ ބުރޫއަރާފާނެ
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޚިދުމަތްތަކަށް މިރޭ ބުރޫ އަރާފާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. އެމްއައިބީން މިއަދު އާންމުކުރި ނޯޓިސްފައި ބުނެފައިވަނީ މިރޭ ދަންވަރު 01:00 އިން ހެނދުނު 07:00 އާ ދެމެދު މެއިންޓަނަންސް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ވަގުތުތަކުގައި ބޭންކުން ދެމުންގެންދާ ބައެއް ޚިދުމަތްތަކަށް ބުރޫއަރާފާނެ ކަމަށާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ބޭންކުން ބުނެއެވެ. އަދި ކަސްޓަމަރުންގެ ފަރާތުން މިފަދަ ހާލަތްތަކުގައި ލިބޭ އެއްބާރުލުމަށްޓަކައި ބޭންކުން ވަނީ ޝުކުރު ދަންނަވައިފައެވެ. އެމްއައިބީން ބުނީ ކުއްލި ހާލަތްތަކުގައި ބޭންކުގެ ކަސްޓަމަރ ކެއަރ އަށް 3325555 މެދުވެރިކޮށް ގުޅޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު