Saturday, October 31
ހުޅުމާލޭގައި ސްކޫލެއް އެޅުމަށް އެއްބަސްވީ ކުރީ ސަރުކާރުގައި، ކޮރަޕްޝަނެއް ނެތް: ޑރ. ޝަހީމް
ހުޅުމާލޭގައި ސްކޫލެއް އެޅުމަށް އެއްބަސްވެފައިވަނީ މިދިޔަ ސަރުކާރުގައި ކަމަށާއި، އޭގައި އެއްވެސް ޚިޔާނާތެއް ނުހިމެނޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިގޮތުން މި މަޝްރޫޢާ ގުޅޭގޮތުން މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން "ސަބަބު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، ހުޅުމާލެގައި ސްކޫލް އަޅަން މަދީނާ އިންވެސްޓްމަންޓުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ހަދާފައިވާ އެއްބަސްވުމަކީ މިދިޔަ ސަރުކާރުން ނިންމާފައިވާ ކަމެއް ކަމަށާއި، އެއީ އެއްވެސް ކޮރަޕްޝަނެއް ހިމެނޭ ކަމެއްނޫން ކަމެއް ކަމަށާއި، ސްކޫލް ފްރޭމްވޯކް އެގްރީމަންޓްގައި ސޮއިކުރީ 14 މޭ 2023 ގައި ކަމަށެވެ. މިކަމާ ގުޅިގެން އަލް މަދީނާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ސީއީއޯ ޢަލީ އަޙްސަން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި އަޅާ ސްކޫލާއި މިސްކިތުގެ ފްރޭމްވޯކް އެގްރީމެންޓް ސޮއި ކުރީ 14 މޭ 2023 ގައި ކަމަށާއި، ހުޅުމާލެގައި ސްކޫލް އަޅަން މަދީނާ އިންވެސްޓްމަންޓްއިން އެޗްޑީސީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ސޮއިކުރީ މި ދިޔަ ސަރުކާރު ދުވަސްވަރު ކަމަށާއި، އެއީ އެއްވެސް ކޮރަޕްޝަނެއް ހިމެނޭ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން، ހުރިހާ ކަމެއް ގެންގޮސްފައިވާނީ ގަވައިދުގެ ތެރެއިން ކަމަށާއި، މޭ 2023 ގައި އެގްރީމަންޓްގައި ސޮއި ކުރުމަށްފަހު މަސައްކަތާ ގުޅޭ އެތައް މަރުހަލާއެއް ވާނީ ނިންމާފައި ކަމަށާއި، ނަގަން ޖެހޭ ހުރިހާ ހުއްދަ ތަކެއް ނަގާފައިވާނެ ކަމަށާއި، ނުގަވައިދުން އެއްވެސް ކަމެއް ގެންގޮސްފައި ނުވާނެކަން ކަމަށްވެސް އަޙްސަން ވިދާޅުވިއެވެ. "ހުޅުމާލޭގައި ވަގުތީ މިސްކިތް ހުރިތަނުގައި 2 ބުރީގެ ބޮޑު މިސްކިތެއް އަޅާނީ ލައިބްރަރީ އަކާއި އެކު. އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ އިންޝާالله. ދައްކަންޖެހޭ ހުރިހާ ގެރެންޓީއަކާއި ފީއަކާއި އިކުއިޒިޝަން ފީ ވެސް ދައްކާފައިވަނީ. މިހާތަނަށް ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައްވެސް ވާނީ ނިންމާފައި"، އަޙްސަންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު