Saturday, October 31
ހަށިވިއްކުމުގެ ވިޔަފާރިކުރަމުން ދިޔަބަޔަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އަތުލައި އޭގެތެރެއިން އެއްބަޔަކު ރާއްޖެ ނާދެވޭގޮތަށް ޑިޕޯޓް ކޮށްލާފައިވާ ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓްގައި ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ބިދޭސީ 04 އަންހެނަކާއި 03 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.

އެ ޕޯސްޓްގައި އިތުރަށް ބުނެފައި ވަނީ މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 02 އަންހެނަކު މިހާރު ޑީޕޯޓުކޮށްލާފައިވާ ކަމަށާއި، އަދި އަނެއް 05 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އިމިގްރޭޝަނުން އަތުލައިގަތް މީހުންގެ ތެރޭގައި ބަންގްލަދޭޝް، ރަޝިއާ އަދި އުގަންޑާ މީހުން ވެސް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު