ބޮޑު ބަންދަކަށްފަހު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން އަލުން ފަށައިފިއެވެ. މިގޮތުން ދެވަނަ ޓާމުގެ މިޑް-ޓާމް ޗުއްޓީއަށް ދެ ހަފުތާއަށް ބަންދުވުމަށްފަހު މިއަދު ވަނީ ކިޔެވުން އަލުން ފެށިފައެވެ.
ދެވަނަ ޓާމުގެ ކިޔެވުން ކުރިއަށްދާނީ އަންނަ މާރިޗު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު ސްކޫލްތައް އަނެއްކާވެސް އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ދާނެއެވެ. އެއަށްފަހު 2025 ވަނަ އަހަރުގެ ތަޢުލީމީ އަހަރު ފެށޭނީ 6 އޭޕްރީލް 2025 ގައެވެ.
ތަޢުލީމީ ވުޒާރާއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ ކިޔެވުން ފެށީ 96،000 އަށްވުރެ ގިނަ ދަރިވަރުންނާއެކުގައެވެ.
މި ލިޔުން ކިޔާލުމުން