Monday, November 9
ދިފާޢީ ވަޒީރު ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަނީ

ރާއްޖޭގެ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން މި ހަފުތާގެ ތެރޭގައި އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ވިއޯން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވަޒީރު ޣައްސާން އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 7 އިން 8 އަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ދިފާޢީ ވަޒީރު އިންޑިއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ދިފާޢީ ވަޒީރުގެ ދަތުރުފުޅު ޔަޤީންކޮށްދެއްވައި ޚާރިޖީ ވަޒީރު ވިއޯން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ދަތުރުފުޅުގެ ސަބަބުން ސަލާމަތީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ ރަނގަޅުވެގެންދާނެ ކަމަށެވެ.

ދިފާޢީ ވަޒީރު އިންޑިއާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މިދިޔަ ހަފުތާގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލްވެސް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު