Saturday, October 31
ރަށްރަށުގައި ކުނި ނެގުމުގެ ފީ ކަރަންޓު ބިލްގައި ނުހިމަނަން ނިންމައިފި

އަންނަ މަހުން ފެށިގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަތޮޅުތަކުގައ ޚިދުމަތް ދޭ ރަށްތަކަށް ވެސް ކުނިއުކާލުމުގެ ފީ، ކަރަންޓު ބިލާ އެއްކޮށް ބިލްކުރަން ނިންމި ނިންމުން ބާތިލްކޮށްފިއެވެ.

މީގެ ކުރިން ވެމްކޯ އިން ނިންމާފައި ވަނީ މި ފެށުނު ޖެނުއަރީ މަހުން ފެށިގެން ރަށްރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތުގެ ބިލް ކަރަންޓް ބިލްގައި ހިމެނުމަށެވެ.

ވެމްކޯ އިން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ނިންމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ބަދަލު ކޮށްފައިވާ ކަމަށެވެ.

އެ ބަދަލާއި އެކު ރަށްރަށުގައި ވެމްކޯގެ ހިދުމަތް ފޯރުކޮށްދޭނީ އަދި ބިލު ކުރެވޭނީ ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބިލަށް ފައިސާ ދެއްކުމުގެ ކަންކަން އެ ރަށްރަށުގައި ގާއިމް ކޮށްފައިވާ ވެމްކޯގެ އޮފީސްތަކުންނާއި ވެމްކޯގެ "އަވަސް ޕޭ" ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކުރެވޭނެއެވެ.

އަތޮޅުތަކަށްވެސް ބިލްކުރެވޭ ރޭޓަކީ މާލޭގައި ބިލްކުރާ ރޭޓުން 150 ރުފިޔާއެވެ.

ވެމްކޯއިން ވަނީ މީގެ ކުރިން ވެމްކޯގެ ޚިދުމަތް ފުޅާކޮށްފައިނުވާ ބައެއް ސަރަހައްދުތަކުގައި ކުނިއުކާލުމުގެ ޚިދުމަތް ފަށާފައެވެ. ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ ސިޓީތަކާއި ލ. ފޮނަދޫ، ލ ގަން އަދި ކ. މާފުށީގައި މި ޚިދުމަތް ވަނީ ފަށާފައެވެ. އެހެން ނަމަވެސް މި ޚިދުމަތް މި ސަރަޙައްދުތަކުގައި މިހާރު ދެމުން އަންނަނީ އެއްވެސް ފީއަކާއި ނުލައެވެ. ނަމަވެސް ޖެނުއަރީ މަހުން ފެށިގެން ފީ ނަގާނެއެވެ.

ވެމްކޯއިން މާލޭގައި ކުނި އުކާލުމުގެ ޚިދުމަތްދޭއިރު 26000 އަށް ވުރެ ގިނަ ކަސްޓަމަރުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު