Saturday, October 31
ވިއްސާރައިގެ ގެއްލުންތައް ގާތުން މިދަނީ ބަލަމުން: މިނިސްޓަރ އާދަމް ޝަރީފް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި އުދަ އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ގެއްލުންތައް ކައުންސިލްތައް މެދުވެރިކޮށް ބައްލަވަމުންދާ ކަމަށް މިނިސްޓަރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، ރަށްށް ރަށުގެ ކައުންސިލްތައް މެދުވެރިކޮށް ލިބިފައިވާ ގެއްލުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. " ކ. ހިންމަފުށީގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްގެ ތަކެއްޗަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވަމުންދިޔަ ކައުންސިލް މެންބަރު ވަފިއްޔާ އިބުރާހީމް ކަރަންޓްގައި ޖެހުމުގެ ސަބަބުން މާލެ ގެނައުމާއެކު، އޭނާގެ ހާލު ބައްލަވާލެއްވުމަށް މިނިސްޓްރީގެ މުވައްޒަފުން ވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައި" މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ވާރޭވެހި ފެންބޮޑުވެ މާލޭގެ 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ވަނީ ފޯރުކޮށްދީފައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު