Saturday, October 31
ވިއްސާރައިގެ ގެއްލުން: 8 ރަށަކަށް ބޮޑެތި ގެއްލުން

ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ފ. ނިލަންދޫއަށް ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. ހަވާލާދީ ނެރުނު މައުލޫމާތުތަކުގައި ބުނީ

އެ އޮތޯރިޓީން ރޭ ދަންވަރު 1:15 އާއި ހަމައަށް ރިޕޯޓްކޮށްފައިވާ މަޢުލޫމާތުގައި ރަށްތަކުގެ ތެރެއިން ނިލަންދޫގެ 80 ޕަސެންޓް ވަނީ ފެންބޮޑުވެފައެވެ. މީގެ އިތުރުން ކ. ގުރައަދޫ އާއި ހިންމަފުށީގައި 60 ޕަސެންޓަށް ފެންބޮޑުވި ކަމަށް އެންޑީއެމްއޭ އަށް ރިޕޯޓްކޮށްފައިވެ އެވެ.

ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ފ. ނިލަންދޫއަށް ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. ހަވާލާދީ ނެރުނު މައުލޫމާތުތަކުގައި ބުނީ

އެ އޮތޯރިޓީން ރޭ ދަންވަރު 1:15 އާއި ހަމައަށް ރިޕޯޓްކޮށްފައިވާ މަޢުލޫމާތުގައި ރަށްތަކުގެ ތެރެއިން ނިލަންދޫގެ 80 ޕަސެންޓް ވަނީ ފެންބޮޑުވެފައެވެ. މީގެ އިތުރުން ކ. ގުރައަދޫ އާއި ހިންމަފުށީގައި 60 ޕަސެންޓަށް ފެންބޮޑުވި ކަމަށް އެންޑީއެމްއޭ އަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި ކ. ގުރައިދޫގެ 60 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ވި ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.ދ. ކުޑަހުވަދޫ އަދި މީދޫ ގެ 10 ގެއަކަށް ގެއްލުންލިބިފައިވޭ.

ވިއްސާރަވެ ރަށުގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ އެތައް ބަޔަކަށް އެތަކެއް ގެއްލުންތަކެއް ވެފައިވާ މި ދަނޑިވަޅުގައި ލިބުނު ގެއްލުންތައް ދެނެގަނެ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ހިއްސާކުރަމުންދާ ކަމަށެވެ.

ރަށްރަށަށް ބޯކޯށް ވާރޭވެހި ލިބުނު ގެއްލުމުގެ ތެރޭގައި ރަށްރަށުގައި ކަރަންޓް ކެނޑުމާއި މީހުން ބަދަލުކުރަންޖެހުމުގެ ސަބަބުން ބޯހިޔާވަހިކަމާއި ޒަރޫރީ އެހެނިހެން ޚިދުމަތް ފޯރުކޮށްދޭންޖެހުނެވެ.

އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތްކުރަމުންދިޔަ ރަށްތަކުގެ ތެރެއިން ގިނަ ރަށްތައް ރޭ ދަންވަރާއި ހަމައަށް ވަނީ  އާންމު ހާލަތަށް ގެނެވިފައެވެ. ރޭ ދަންވަރު 1:00 އާއި ހަމައަށް  މާލޭގެ އިތުރުން، ފެން ހިންދުމުގެ މަސައްކަތް ސިފައިން  ކުރިއަށް ގެންދިޔައީ ކ.ގުރައިދޫ، ކ.ހުރާ، އަދި ށ.ނަރުދޫ އެވެ.

އިއްޔެއިން ފެށިގެން ރީނދޫ ސަމާލުނެރެފައި ވީނަމަވެސް ޅ އަތޮޅުން ފެށިގެން ޅ އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާ އަދި ވިލާ ގަނަޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު