އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ މުވައްޒަފުންވެސް ދަނީ ފެން ހިންދާ މަސައްކަތުގައި ބައިވެރިވަމުންނެވެ. މި މަަސައްކަތުގައި އެކުންފުނީގެ ސީއީއޯ ވެސް އަމަލީގޮތުން ދަނީ ބައިވެރިވަމުންނެވެ.ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމަަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، މާލޭގެ 3 ސަރަހައްދެއްގައި 11 ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތްކުރަމުން. pic.twitter.com/EQ0S5w2WPp
— Maldives National Defence Force (@MNDF_Official) January 3, 2025
މާލޭ ސިޓީ ކައުންސިލުންވެސް ވަނީ މާލޭގެ 3 ސަރަހައްދެއްގައި 9 ޕަންޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ މިރޭ 23:00 ން ފެށިގެން މިރޭ ފަތިހު 4:00 އަށް ނ އަތޮޅުން ފެށިގެން ލ އަތޮޅަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެއެފައެވެ. މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ދަނީ 6 ސަރަހައްދެއްގައި 16 ޕަންޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިރޭގެ 8:30 އާހަމައަށް 9917 ޓަނުގެ ފެން ހިއްކާފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.ފެން ހިންދުމަށް މި ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތުގައި ސީ.އީ.އޯ މުޙައްމަދު ވަޖީހް ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި. #MaldivesPortsLimited #MPL #portmv pic.twitter.com/73vj6REYd0
— Maldives Ports Limited (@Portmv) January 3, 2025






