Saturday, October 31
އިބްރާހީމް ޙުސައިން ޒަކީގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން ޙުސްނާ މޫސާ އަވަހާރަވުމުގެ ހިތާމައިގައި، މަރުޙޫމާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާ ފޮނުވާފައިވަނީ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވަނީ މަރުޙޫމާ ޙުސްނާ މޫސާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރުކޮށް ދެއްވުންއެދި ދުޢާ ކުރައްވާފައެވެ. މަރުޙޫމާ ޙުސްނާ މޫސާ އަކީ ހިތްހެޔޮ މަޑުމައިތިރި، މަޖާ މިޒާޖެއްގެ ބޭކަނބަލެކެވެ. އުމުރުން 78 އަހަރުގައި ހުސްނާ މޫސާ އަވަހާރަވީ އިއްޔެގެ ވަގުތެއްގައެވެ. މަރުޙޫމާ ހުސްނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. އިބްރާހީމް ޙުސައިން ޒަކީގެ އަނބިކަނބަލުން ޙުސްނާ މޫސާ އަވަހާރަވުމުގެ ހިތާމައިގައި، އެމްޑީޕީން އަދި އެ ޕާޓީގެ  ރައީސް އަބުދުﷲ ޝާހިދުވެސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. ‏ދިވެހި ޤައުމަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކުރެއްވި ޢިއްޒަތްތެރިޔެއްގެ ގޮތުގައި ހުންނެވި އަދި އެމްޑީޕީއަށް އެތައް ގޮތަކުން ޚިދުމަތްކުރެއްވި ޕާޓީގެ ކުރީގެ ނައިބު ރައީސް ޢިބްރާހީމް  ޙުސައިން ޒަކީގެ އަނބިކަބަލުން ޙުސްނާ މޫސާ އަވަހާރަވި ޚަބަރު އަޑު އެހީ ފުންހިތާމައާއެކުގައި ކަމަށް ޝާހިދުގެ މެސެޖްގައި ވެއެވެ. ‏ އެމްޑީޕީ އުފައްދަން ކުރެވުނު މަސައްކަތާއި ހަމައިން ޕާޓީގެ ތެރޭގައި އަންހެނުން ކުރީސަފަށް ނެރުމަށް ހިތްވަރު ދެއްވައި ޢަމަލީގޮތުން އެކަމުގައި މަރްޙޫމާ ޙުސްނާ މޫސާ އުޅުއްވި ކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު