Saturday, October 31
ދުންފަތް އުފެއްދުމަށް ބޭނުންކުރާ އެއްޗެހި އެތެރެކުރާނަމަ ހިފަހައްޓަން އަންގައިފި

ދުންފަތް އުފެއްދުމަށް ބޭނުންކުރާ އެއްޗެހި އެތެރެކުރާނަމަ ހިފެހެއްޓުމަށް ޞިއްޙީ ވުޒާރާއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް އަންގައިފިއެވެ.

ޞިއްޙީ ވުޒާރާއިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ފާޠިމަތު ދިޔާނާއަށް ފޮނުވި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ސިޓީގައި ބުނެފައި ވަނީ ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށެވެ.

މި ޤާނޫނުގެ 42 ވަނަ މާއްދާގެ (ދ) ގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗެވެ. އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ، ހިފައިގެން ނުވަތަ ބޮއެގެން ނުވަތަ ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެންވިޔަސް އޭގެ މާއްދާއެއް ނުވަތަ މާއްދާތަކެއް ހަށިގަނޑަށް ވާޞިލުވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށްވެސް އެ ސިޓީގައި ވެއެވެ.

އެހެންކަމުން، ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާ ކަމެއް ކަމުގައިވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެތަކެތި ހިފަހައްޓައި ނައްތާލުމަށް ޞިއްޙީ ވުޒާރާއިން ވަނީ ކަސްޓަމްސް އަށް އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު