Saturday, October 31
ވަގަށް ނަގާފައިވާ ދެ މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި

މާލޭގެ ގެއަކު

މާލޭގެ ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަން ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ހޯދައި، އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ފޮޓޯ ނަގަން ބޭނުންކުރާ ކެމެރާ، ލެންސް، ލެޕްޓޮޕް އަދި ގިނަ އަދަދެއްގެ ބޭރު ފައިސާ ވެސް ހިމެނެއެވެ.

މިތަކެތި ހޯދާފައިވަނީ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ގަލޮޅު ޕޮލިސް ސްޓޭޝަނާއި އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕްރޮޓޮކޯލް ގުޅިގެން ކުރި މަސައްކަތުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އާއްމުކޮށް ޗުއްޓީ ދުވަސްވަރު ދަތުރު ކުރައްވާއިރު މުދަލާއި ތަކެއްޗަށް ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު