Saturday, October 31
ގަހަނާ ފަރުމާކުރުމުގެ ކޯހެއްގައި ބައިވެރިވުމަށް ޕޮލިޓެކްނިކުން ހުޅުވާލައިފި

މޯލްޑިވިސް ޕޮލިޓެކްނިކްގެ ޖަނަވަރީ އިންޓޭކް 2025 ގެ"ސެޓްފިކެޓް 3 އިން ޖްވެލްރީ ޑިޒައިން އެންޑް މޭކިންކްގ" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ގަހަނާ ހެދުމާއި ފަރުމާކުރުމުގެ މި ތަމްރީނު ޕްރޮގްރާމަކީ އެއްވެސް ކޯސް ފީ އަކާއި ނުލައި، މުޅިން ހިލޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯހަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، އަސާސީ ތަޢުލީމު ފުރިހަމަ ކޮއްފައިވުން ނުވަތަ ސެޓްފިކެޓް ލެވެލް 2 ގެ ފެންވަރު ހާޞިލުކޮއްފައިވުން ނުވަތަ 18 އަހަރު ފުރިފައިވާ، ލިޔަންކިޔަން ދަންނަ ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

"ސެޓްފިކެޓް 3 އިން ޖްވެލްރީ ޑިޒައިން އެންޑް މޭކިންކްގ" ކޯސް އަދި ޕޮލިޓެކްނިކްގެ އެހެނިހެން ކޯސްތަކަށް ހުށަހެޅުމުގެ ސުންގަނޑި އަކީ 05 ޖެނުއަރީ 2025 އެވެ. މި ކޯސްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ކޯހަށް އެދި ހުށަހެޅޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު