Saturday, October 31
ޖިމީ ކާޓަރ އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
އެމެރިކާގެ ކުރީގެ ރައީސް، ޖިމީ ކާޓަރ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކުރީގެ ރައީސް ޖޭމްސް އާލް ކާޓަރ ޖޫނިއަރ އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް އަދި ޚާއްޞަކޮށް ކުރީގެ ރައީސް ކާޓަރގެ ލޮބުވެތި އާއިލާއަށް ފުން ތަޢުޒިޔާ ދަންނަވައިފައެވެ. ކާޓަރ އަކީ 1977 އިން 1981 އާ ދެމެދު އެމެރިކާގެ ވެރިކަން ކުރެއްވި، އެ ޤައުމުގެ 39 ވަނަ ރައީސެވެ. ކާޓަރ އަވަހާރަވީ އުމުރުފުޅުން 100 އަހަރުގައެވެ. އޭނާ އަކީ އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުންނެވި ބޭފުޅާއެވެ. ކާޓަރގެ ވެރިކަމުގައި ޚާރިޖީ ސިޔާސަތާ ގުޅުންހުރި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ދެވަނަ އިންތިޚާބުގައި ޑިމޮކްރެޓް ބަލިކޮށް އިންތިޚާބު ކާމިޔާބުކުރެއްވީ ރޯނަލްޑް ރީގަން އެވެ. ކާޓަރގެ ޞިއްޙީ ފަރުވާ ނިމުމާއެކު ގޭގައި ހޮސްޕިސް ކެއަރ ދިނުމަށް ހަމަޖެހިފައިވާކަން މިދިޔަ އަހަރު ވަނީ އިޢުލާންކޮށްފައެވެ. އަވާހަރަވިއިރު ކާޓަރ އަށް ވަނީ ގިނަ ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ކާޓަރގެ މޭ އަދި ސިކުނޑިއަށް މެލަނޯމާއެއް ފެތުރިގެން ދިއުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު