Saturday, October 31
ޒުވާނުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދާއި އެ އިދާރާގެ އެހެނިހެން އިސްބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ޒުވާނުން ބިނާކުރުމަށް އެމްއެންއެސްޑީއޭގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ދެއްވަވާނެކަން ވަޒީރު ޑރ. ޝަހީމް ވަނީ ހާމަކުރައްވައިފައެވެ. މީގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އަދި އެމްއެންއެސްޑީއޭ އިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

އެމްއެންއެސްޑީއޭ އަކީ ދިވެހިރާއްޖެއަށް ބޭނުންވާ މުހިންމު ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރަމުން އަންނަ އިދާރާއެކެވެ. އެގޮތުން، އެމްއެންއެސްޑީއޭ އިން ވަނީ އެކި މުވައްސަސާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި މިފަދަ ބައްދަލުވުންތަށް ބާއްވައި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއެރުމަށް ޝަޢުގެވެރިވާ ޒުވާނުންނަށް އެތައް ފުރުޞަތުތަކެއް ފަހިކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު