Saturday, October 31
ފެނަކައިން ދޭ ޚިދުމަތްތައް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ފެނަކައިން ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް އެންވަޔަރމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް އާއި ފެނަކަ ކޯޕަރޭޝަންސް ގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ނަޖާހް ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މުޅި ރާއްޖޭގައި ފެނަކައިންދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތް ތަކާއި، އެތަނުން ދޭ ޚިދުމަތާއި އޮޕރޭޝަންގެ ކަންކަން ރަނގަޅުކުރުމަށް މިނިސްޓްރީން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވީ، ފެނަކައިގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުނމަތިކުރުމަކީ މިނިސްޓްރީގެ ވެސް އަމާޒެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރެވޭނެ ކަމުގެ ޔަޤީންކަން ފެނަކައިން ދޭ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި އެންވަޔަރމަންޓް މިނިސްޓްރީ އަދި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ މުޢާޒް މިދިޔަ ހަފްތާގައި އިސްތިއއުފާ ދެއްވުމުން އެމަޤާމަށް މުޙައްމަދު ނަޖާހް ވަނީ އައްޔާންކުރައްވާފައެވެ.

ފެނަކަ ކޯޕަރޭޝަނަކީ މި ސަރުކާރުން ހަވާލުވިއިރުވެސް ވަރަށް ބޮޑަށް ދަރަނިވެރިވެ ހިންގުމުގައި ގޮންޖެހުން ކުރިމަތިވެފައިވާ ކުންފުންޏެކެވެ.

އެހެން ކަމުން ކުންފުނި ރީ ސްޓްރަކްޗަރކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެކުންފުނިން ވަނީ ކުރިން ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު