ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ މައި އޮފީސް ހިންގުމަށް އިމާރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފެނަކައިން ބުނީ އެކުންފުނިން ދޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް އެކުންފުނީގެ ހެޑްއޮފީހުގެ ގޮތުގައި ބޭނުންކުރާނެ އިމާރާތެއް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ކުރެވުނު އިއުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލީ ކަމަށެވެ.
ފެނަކައިން ހޯދަނީ މާލޭގައި ހުންނަ 10،000 އަކަފޫޓަށްވުރެ ބޮޑު ތަނެކެވެ. މި އިމާރާތް ކުއްޔަށް ދިނުމަށް ބިޑުކުރާ ފަރާތްތަކުން ސެކިއުރިޓީގެ ގޮތުގައި 100،000 ރުފިޔާ ދައްކަންޖެހޭނެއެވެ.
ބިޑުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ވެވޭނީ 2025 ވަނަ އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ. އަދި ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ ޖެނުއަރީ 12 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ.
ފެނަކައިގެ ހެޑް އޮފީސް މިހާރު ހިންގަމުންދަނީ މާލޭގައި ހުރި އިމާރާތެއްގައެވެ. ނަމަވެސް، އެ އިމާރާތުގެ ކުލީގެ މުއްދަތު ވަނީ ހަމަވެފައެވެ.
މި ލިޔުން ކިޔާލުމުން