Saturday, October 31
މަންމޯހަން ސިންގްގެ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއި ކުރައްވައިފި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންގްގެ ހަނދާނުގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވައިފިއެވެ.

26 ޑިސެންބަރު 2024 ގައި ޑރ. މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުޢިއްޒު ވަނީ ތަޢުޒިޔާގެ މެސެޖެއްވެސް ފޮނުއްވައިފައެވެ.

އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ވަނީ، 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންގް ރާއްޖެއަށް ކުރެއްވި ތާރީޚީ ޒިޔާރަތުގެ ހަނދާން އާކުރައްވައި، އެ ޒިޔާރަތްވެގެންދިޔައީ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމުގެ މުހިންމު ނިޝާނަކަށް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ތަމައްދުނު ހާސިލްކުރެއްވުމުގައި ޑޮކްޓަރ ސިންގް ދެއްކެވި ސާބިތުކަމާއި، ދެކުނު އޭޝިޔާގައި އެއްބާރުލުމާއި ތަރައްޤީ ފަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ "ލުކް އީސްޓް ޕޮލިސީ" ހަރުދަނާކުރެއްވުމުގައި އެމަނިކުފާނު އަދާކުރެއްވި އިސް ދައުރުވެސް ރައީސުލުމްޖުމްހޫރިއްޔާ ފާހަގަކުރެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފުން ހިތާމައިގެ މިދަނޑިވަޅުގައި ޑޮކްޓަރ ސިންގްގެ ޢާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު