Saturday, October 31
މިފަހަރު ރާއްޖެއިން ޢުމްރާއަށް ދިޔައީ 6،373 މީހުން
މި މަހު 6،300 އަށްވުރެ ގިނަ މީހުން ރާއްޖެއިން ޢުމްރާއަށް ގޮސްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ މި ޑިސެންބަރު މަހު ރާއްޖެއިން ޢުމްރާއަށް ގޮސްފައިވާ އެންމެހައި އަޚުންނާއި އުޚުތުންގެ ޙާލުވެސް ރަނގަޅު ކަމަށެވެ. "މިފަހަރު އެކި ކުންފުނިތަކުގެ ޙަވާލުގައި 6373 ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސްފައިވޭ. الحمد لله"،ޑރ. ޝަހީމް ވިދާޅުވިއެވެ. ޢުމްރާގެ އަޅުކަމަށް ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެވެސް ރާއްޖެއިން ގިނަ އަދަދެއްގެ ދިވެހިން މައްކާއަށް ދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު