Saturday, October 31
މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ނައިބު ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ވަނީ، ޑރ. މަންމޯހަން ސިންގްގެ ތަޞައްވުރާއި ލީޑަރޝިޕް އަދި ނަޒާހަތްތެރިކަމާއި، އިންޑިއާގެ ތަރައްޤީއަށް ކޮށްދެއްވި ޚިދުމަތްތައް އަންނަން އޮތް ޖީލުތަކުގައިވެސް ހަނދާންކުރާނެ ކަމަށެވެ. އަދި ނައިބު ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ޢާއިލާއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވަމުންނެވެ. ރޭގެ ވަގުތެއްގައި މަންމޯހަން ސިންގ އަވަހާރަވީ އޭނާގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. މަންމޯހަން ސިންގ އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު