Saturday, October 31
ހަތަރު ފަޅުރަށް ހޯދުމަށް 3 ކައުންސިލަކުން އެދިއްޖެ

ކައުންސިލްތައް މާލީ ބާރުވެރިކުރުވުމަށް ފަޅުރަށްތައް ދޫކުރުމަށް ނިންމާފައިވާ ނިންމުގެ ދަށުން ހަތަރު ފަޅު ރަށް ހޯދުމަށް ތިން ކައުންސިލަކުން ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓްރީގައި އެދިއްޖެއެވެ.

ސިޓީސް މިނިސްޓްރީން "ސަބަބު" އޮންލައިން އަށް މައުލޫމާތު ދެއްވަމުން ފަޅުރަށް ހޯދުމަށް އެދިފައިވަނީ ދ. ކުޑަހުވަދޫ ކައުންސިލުން އެ އަތޮޅު މިނިމަސްގަލި އަދި ފެންފުށި އެވެ. ރ އިނގުރައިދޫ ކައުންސިލުން އެ އަތޮޅުގެ ފަޅުރަށެއްކަމަށްވާ ނެޔޮ އަދި ލ މާވަށު ކައުންސިލުން އެ އަތޮޅު ގެ ފަޅުރަށެއް ކަމަށްވާ ބޮޑުމާބުޅާލި ހޯދުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މި ކައުންސިލްތަކުން ފަޅުރަށް ހޯދުމަށް އެދި ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ރައީސް އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން، 25 ރަށެއް ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ހުޅުވާލީ މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ކައުންސިލްތަކުން އެދޭ، އެ އަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެ ކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެގޮތެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސާފައެވެ.  ގާނޫނު ބުނާގޮތުން، މީހުން ދިރިއުޅޭ ރަށްރަށާ 700 މީޓަރާ ހަމައަށް ހުންނަ ފަޅު ރަށްރަށާއި ފަޅުތައް އެއީ އެ ރަށްރަށުގެ އިޚްތިސާސް ތެރޭގައި ހިމެނޭ ތަންތަނެވެ. އަދި އޭގެ ބޭރުން ވެސް ބައެއް ރަށްރަށުގެ އިޚްތިސާސްގެ ތެރެއަށް ރަށްރަށް ހިމަނާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު