Saturday, October 31
މާލޭގެ ބައެއް ހިސާބުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ

މާލޭގެ ބައެއް ހިސާބުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

މިގޮތުން ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހަވީރީ ހިނގުން، ބޮޑުތަކުރުފާނު މަގު، ޗަނބޭލީ މަގު، ކަނބާއައިސާރަނި ހިނގުން، ގަނދަކޯޅި މަގު، ޝަޙީދު ޢަލީ ހިނގުން އަދި ފުލޫނިޔާ މަގު ހިމެނޭ ސަރަޙައްދުން މާދަމާ (28 ޑިސެންބަރު 2024) ހެނދުނު 11:15 އާއި 11:45 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން، މާލެ ސިޓީ، އަލިކިލެގެފާނު މަގު، ބޮކަރުމާ ގޯޅި، ހިތަށްފިނިވާ މަގު، ކަޅުހުރާ މަގު، ޑެއިޒީ މަގު، ނީލޯފަރު މަގު، ލިލީ މަގު އަދި ދަރުމަވަންތަ މަގު ހިމެނޭ ސަރަޙައްދުންވެސް މާދަމާ މެންދުރުފަހު 14:00 އާއި 15:15 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.

އަދި، ލޮނުޒިޔާރަތް މަގު، ކަލާފާނު ހިނގުން، ޖަނަވަރީ ހިނގުން، ބުރުޒު މަގު އަދި ރަތްވިލާ ހިނގުން ހިމެނޭ ސަރަޙައްދުން މާދަމާ ހެނދުނު 09:30 އާއި 10:45 އާ ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.

އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު