Saturday, October 31
ޑޮމެއިންގެ ސައްހަކަން ކަށަވަރުކުރުމަށް ސެޓްފިކެޓް ދޫކުރަން ފަށައިފި
ސެކިއުރިޓީ ފީޗަރ ވަރުގަދަކޮށް ޑޮމެއިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް، ޑޮމެއިން ސެޓްފިކެޓް މިއަދު ތަޢާރަފްކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އަލަށް ޑޮމެއިންގެ ޚިދުމަތް ފެށުމާއެކު އެންމެ ފުރަތަމަ ޑޮމެއިން ސެޓްފިކެޓް މިއަދު ދޫކޮށްފައިވާ ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ މި ސެޓްފިކެޓަކީ ޑޮމެއިން ރަޖިސްޓްރޭޝަންގެ ޞައްޙަކަން ކަށަވަރުކުރެވޭގޮތަށް ސެކިއުރިޓީ ފީޗަރ ތަކެއް އެކުލެވިގެންވާ ލިޔުމެއްކަމަށެވެ. މިކަމާއި ގުޅިގެން ޓްރާންޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވީ މި ސެޓްފިކެޓް ދޫކުރުމާއި އެކު އެ މިނިސްޓްރީގައި ހުރި އެންމެ "ކޮރަޕްޓް" އެއް މައްސަލަ ޙައްލުވެގެން ދިޔައީ ކަމަށެވެ. ޑޮމެއިންގެ މައްސަލަތަށް ބޮޑުވެ ޑޮމެއިންގެ ޚިދުމަތް މިދިޔަ ސަރުކާރުން ފެށިގެން ވަނީ ކުރިއަށް ނުގެންގޮސް ހުއްޓާލާފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު "ސަބަބު" އޮންލައިން އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިދިޔަ މަހު ޑޮމެއިން ރިޕްލޭސްމަންޓަށް ހުޅުވާލުމުން މިހާތަނަށް 600 އަށްވުރެ ގިނަ ފަރާތަކުން ޚިދުމަތަށް އެދިފައިވާކަމަށެވެ. މި ސަރުކާރު އައި ފަހުން އައު ޑޮމެއިން ދޫކުރަން ނުފަށައެވެ. މިނިސްޓްރީން ވިދާޅުވީ މިހާރު ހުރި ޑޮމެއިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު އާންމުންނަށް ޑޮމެއިން ދޫކުރުމަށް ހުޅުވާލާނީ އޯޕެން ބިޑިންގ ސިސްޓަމެއްގެ ތެރެއިން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު