Saturday, October 31
ސިހުރުގެ މައްސަލައެއްގައި މަރަދޫފޭދޫ ގެއެއް ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް ތަކެތި ގެންގޮސްފި

ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން އައްޑޫ ސިޓީގެ މަރަދޫފޭދޫގެ ގެއެއް ބަލައި ފާސްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަބަބު ނޫހަށް ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މަރަދޫފޭދޫ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އެ ގެ ބަލައި ފާސްކޮށްފައިވަނީ ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

ބަލައި ފާސްކޮށް މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. ނަމަވެސް ގެންދިޔައީ ކޮން އެއްޗެއްސެއް ކަމެއް ހާމައެއް ނުކުރައްވައެވެ.

އޮފިޝަލު ވިދާޅުވީ ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު