Saturday, October 31
ރާއްޖެއިން 2 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުކޮށްފި

މި އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ މިލިއަނަށް އަރައިފިއެވެ.

މިގޮތުން ރާއްޖޭގެ ދެ މިލިއަންވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިއާގެ އަންހެނެކެވެ. އޭނާ ޢާއިލާއާއެކު ރާއްޖެ އައި މިއަދު ހެނދުނު ޖެއްސި ޤަތަރު އެއާވޭސްގެ ކިޔުއާރު 670 ފްލައިޓުންނެވެ.

ރާއްޖޭގެ ދެ މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި އަހަރުގެ ތެރޭގައި ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިކަން ހާސިލުކުރުމަށްޓަކައި ސަރުކާރުން ވަނީ ބޭރު ޤައުމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި ފެށޭ 2025 ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު