Saturday, October 31
ގައުމީ ތަރައްގީގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އެއްބައިވަންތަކަން އިސްކުރަންޖެހޭ: ނައިބު ރައީސް

ގައުމީ ތަރައްގީގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އެއްބައިވަންތަކަން އިސްކުރަންޖެހޭ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައި އާންމު ކުރެއްވި ޕޯސްޓެއްގައެވެ.

ގައުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، ގައުމީ ތަރައްގީގެ މަސައްކަތް ހަލުވިކުރުމަށްޓަކައި، އެއްބައިވަންތަކަން އިސްކޮށް ގައުމީ ރޫހެއްގައި މަސައްކަތްކުރުން މުހިންމު ކަމެއް ކަމަށެވެ.

މުޖުތަމައުގެ ދުޅަހެޔޮކަން ބިނާވަނީ އެއްބައިވަންތަކަމާއި ބަދަހި ގުޅުންތަކުގެ މައްޗަށްކަން ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ހެނދުނު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދިން އަޚުވަންތަކަމާއި، އެއްބައިވަންތަކަމާއި، ޖަމާއަތުގެ ރޫހު ދިރުވައި އާލާކުރުމަށްޓަކައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު